އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ގޮނޑުދޮށުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް 22 ސެޕްޓެމްބަރުން ފެށިގެން ކުރިޔަށް ދާނެ ކަމަށާއި މިކަމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ބޭނުން ވާނެ ކަމަށެވެ.
އެ ގޮތުން އެ ސަރަހައްދުގައި މި ވަގުތު ކުރަމުން އަންނަ ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަށް އެދޭ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ މަސައްކަތް ކުރިޔަށްދާ ވަގުތު އެ ސަރަހައްދަށް ވަދެ ނިކުމެ އުޅުމަކީ ރައްޔިތުންނައް ރައްކާތެރިކަމަކަށް ނުވާނެތީ އެ މަސައްކަތް ކުރާ ވަގުތުގައި އެ ސަރަހައްދަށް ރައްޔިތުން ނުވަނުމަށް އެދޭ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
އެޗްޑީސީން ބުނީ މިކަން ކުރިޔަށް ދާނެ ސަރަހައްދުގެ ޗާޓެއް އެޗްޑީސީން އާންމުކޮށްފާވާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ މެއިލް އަށް ނުވަތަ ޕްރޮޖެކްޓް މެއިލް އަށް ސާފުކުރަން ބޭނުންވާ މައުލޫމާތެއް ފޮނުވައި ދިނުމުން އެ އިދާރާއިން އެޔަށް ޖަވާބު ދޭނެ ކަމަށެވެ. ނުވަތަ އެޗްޑީސީގެ ހޮޓްމެެއިލް އިންވެސް ބޭނުންވާ މައުލޫމާތެއް ސާފު ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.