ސެން ރަމޮންގައި ހޯމަ ދުވަހު ހަތިޔާރު އެޅި ބަޔަކު ފޭރުމާއި ބަޑި ޖެހުމުގެ މައްސަލަ އެއް ބަލަމުން އަންނަ ކަމަށް އެ ސެން ރަމޮންގެ ފުލުހުން ބުނެ އެވެ. މިކަމުގައި 25 ވަގުން ބައިވެރިވެފައިވާއިރު ޝައްކު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފޯނަކުން ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ސެން ރަމޮންގެ ސިޓީ ސެންޓަރ ބިޝޮޕް ރެންޗްގައި ހުންނަ ހެލާ ޖުވެލާސް ވައްކަން ކުރުމަށްފަހު ޝައްކު ކުރެވޭ މީހުންތަކެއް ދުވެފައި ގޮސް ދުރަށް ދާން މަސައްކަތް ކުރެއެވެ.
އެތެރޭގައި ޑިސްޕްލޭ ކޭސްތައް ތަޅާލައި ތަކެތި ނަގަމުން ދިޔައިރު ފިހާރައިގެ ކުރިމަތީ ދޮރު އަމިއްލައަށް ތަޅުލެވިފައިވާ ކަމަށް އެ ފިހާރާއިގެ ސީސީޓީވީ ފެނިގެންދެ އެވެ. ވަގުންނަށް ދޮރު ހުޅުވާލެވޭ ގޮތެއް ނުވުމުން އެ ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން ނިކުމު އެވެ. ސެން ރަމޮން ޕޮލިހުން ބުނާ ގޮތުގައި ޝައްކު ކުރެވޭ ބައެއް މީހުން ތިބީ ހަތިޔާރު އަޅައިގެންކަމަށެވެ.
ބަޑިޖަހައި ބިއްލޫރި ދޮރުން ބޭރަށް ފުރަތަމަ މީހާ ނުކުތުމުން ފަހަތުން ދެން އެންމެން ދުވެފައި ނުކުމެގެން ދިޔައީކަމަށާއި މި ވައްކަމުގައި ގާތްގަނޑަކަށް 20 މީހުން ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުލުހުން ފޭރުމަށް ފަހު، ވެލެޓް ސަރަހައްދުގައި ދާން ތައްޔާރަށް ހުރި ފިލަން އެތައް ކާރުތަކަށް އަރައިންގެ އެ މީހުން ދިޔައީ ކަމަށެވެ.
ބައެއް މީހުން ކާރުތަކުގައި ފިލިއިރު އިރު އެމީހުން ގަހަނާ ނެގުމަށް ބޭނުންކުރި ކުދި ބާލީސް ކޭސްތައް، ކާރުން ބޭރަށް އެއްލާލި ކަމަށާއި އެ އެއްޗެހީގައި ހެކި ލިބެން ހުރިކަމަށް ފުލުހުން ބުނެ އެވެ.
ނަގާފައިވަނީ ކިހާވަރެއް ކަމެއް ސާފެއް ނުވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެ އެވެ.