ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
މިރުސް އެތެރެކުރާނީ ކަނޑޫދޫ މީހުންނަށް ދަތިނުވާ ގޮތަށް: ރައީސް
އެސްޓީއޯ އިން ދާއިމީކޮށް އެތެރެކުރާ 10 ބާވަތުގެ މޭވާގެ ތެރޭގައި މިރުސް ހިމަނާފައިވީ ނަމަވެސް އެކަން ކުރާނީ ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކަނޑޫދުއަށް ވަޑައިގެން އެ ރަށު ސްކޫލް ހޯލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ނިންމާފައިވާނެ ކަމަށާއި، އޭގެ ތެރޭ މިރުސްވެސް ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެސް ދަނޑުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމެވެ. އެހެންވެ، ކަނޑޫދޫގެ ދަނޑުވެރިންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ފަސޭހައިން ގަސްތައް ހެއްދޭނެ ގޮތެއް ސަރުކާރުން އެ ދަނޑުވެރިންނަށް ފަހިކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ވަރަށް ޔަގީންކަން ދެން. ތިބޭފުޅުންގެ ވިޔަފާރި އަށް ގެއްލުމެއް ނުވާ ގޮތަށް އެ ކަން ކުރާނީ. އެސްޓީއޯ އިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ހަމަ ރަނގަޅު ގޮތަށް މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައި، ތިބޭފުޅުންނަށް އޭގެ އެެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަސާސީ ކޯބާތަކެތީގެ ގޮތުގައި ބަލައިގެން އެސްޓީއޯއިން އެތެރެ ކުރާނެ ބާވަތްތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީ އިން ނެރެފި އެވެ.

އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި ވަނީ އިތުރުކޮށްފަ އެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި މޭވާ

  • ދޮންކެޔޮ
  • ފަޅޯ
  • ކަރާ
  • އާފަލު
  • އޮރެންޖު
  • ލުނބޯ
  • ޖުމްހޫރީމޭވާ
  • އަނބު
  • މިރުސް
  • މޭބިސްކަދުރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި ތަރުކާރީ

  • ރަތް ފިޔާ
  • އިނގުރު
  • ކެރެޓު
  • ބަށި
  • ކައްޓަލަ
  • ބޯވެލި
  • ލޮނުމެދު
  • އަލުވި
  • ކެބެޖު
  • ބަރަބޯ

އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު ތަކެތި ރާއްޖެ ގެނައުމަށް އެސްޓީއޯ އިން ތައްޔާރުވެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެސްޓީއޯ އިން ބުނީ މިކަން ކަމަށް ތައްޔާރުވުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާ ރާއްޖެއިން ހެއްދުމުގެ އިތުރުން ސަރުކާރުން ރާވާފައި އޮތީ، ރާއްޖެއިން ބޭރުން ބިން ހޯދައިގެން ބައެއް ބާވަތްތައް އުފެއްދުމަށްފަހު ގެނައުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެސްޓީއޯ އިން ދާއިމީކޮށް 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ކުކުޅު ބިހާއި ކާށި އެތެރެކުރަން ފެށުމުން އަންނަ މަހުގެ 15 އިން ފެށިގެން އެ ބާވަތްތަކުގެ އަގު ބާޒާރުގައި ހެޔޮވާނެ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް