ads
ރައީސް މުއިއްޒު
ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމް ކުރަނީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމް ކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
Advertisement

ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ، ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން ކަމަށެވެ.

އެ ތަންތަން އަޅަން ނިންމާފައި ވަނީ އެރަށެއްގެ އާބާދީގެ ނިސްބަތުންނާއި އެރަށެއްގައި ބިން އޮތް މިންވަރަކާއި އެރަށެއްގައި ފެސިލިޓީ ހުރި މިންވަރަކަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެބަހުރި ވަރަށް އާބާދީ ކުޑަ، ޖާގާ ނެތް ރަށްރަށް ވެސް. އެހެންވީމަ އެ ހުރިހާ ކަމެއްގެ ހަގީގަތް މައްޗަށް ރިއާޔަތްކޮށް މި ވާހަކަ މި ދެއްކީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް މާލޭގައި އެޅުމަށް ބޭނުންވާ މިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާކަންވެސް ފާހަގަކުރައްވާފަ އެވެ. 

އަދި އެ އިމާރާތް އެޅުމަށް ސަރުކާރުން އެހީވާނެ ކަމަށާއި، އެއީ ގުރުއާން ހާއްސަކޮށް، އިސްލާމް ދީނަށް އެތައް ހިދުމަތެއް އޭގެ ސަބަބުން ކުރުމުގެ މަގުފަހިވެެގެން ދާނެ އިމާރާތަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް