ads
އޮމަދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޮމަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
ތ. އޮމަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ އައު މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
Advertisement

އޮމަދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިއަދު ހެނދުނު ހެނދުނާ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމެވެ. 

އެހެންކަމުން، ރަށްރަށުގައި ޕޮލިސް ޑެސްކުތަކާއި، ޕޮލިސް ޕޯސްޓުތަކާއި އަދި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އެވެ.                 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް