ads
ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލުން
އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދޭ މުއްދަތު އިތުރުކޮށްފި
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު، އަންނަ އޮކްޓޯބަރު މަހުހެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
Advertisement

ޔޫތް މިނިސްޓްރީ އިން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނީ މި މުއްދަތު އިތުރުކޮށްފައިވަނީ، މިނިސްޓްރީން ގެޒެޓް ކޮށްފައިވާ ނަންބަރު: (IUL)493-MR/1/2025/3 އިއުލާނަށް ހަވާލާދީ ކަމަށެވެ. ދައުލަތުން މި މާލީ އެހީތެރިކަން ދިނުމުގެ މަގްސަދަކީ، ގައުމަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އަމިއްލަ މީޑިއާތަކަށް، ހިންގުމުގެ ގޮންޖެހުންތަކުން އަރައިގަނެ، އެކި ގޮތްގޮތުން ދިމާވާ ދަތިތަކަށް ލުއިކަމެއް ހޯދައިދިނުމެވެ.

މި އެހީތެރިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލީ މައުލޫމާތު، "ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު" (ނަންބަރު: 2025/G-15) ގައި ހިމެނިފައިވާނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.                

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް