އެ އެއާލައިނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، އަންނަ މަހުގެ 26 އިން ފެށިގެން ޓްރިވެންޑްރަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.
އިންޑިގޯއިން މިހާރު ވެސް އަންނަނީ ރާއްޖެ އާއި އިންޑިއާގެ ތިން ސިޓީއަކާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. އެއީ ބެންގަލޫރާއި މުމްބާއީ އާއި ކޮޗިން އެވެ.
އިންޑިގޯއިން ޓްރިވެމްޑްރަމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރު ފަށަން ނިންމިއިރު ގައުމީ އެއާލައިން މޯލްޑިވިއަންއިން މިހާރު ވެސް ޓްރިވެމްޑްރަށް މީހުން އުފުލަ އެވެ.
އިންޑިގޯއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ބޭނުން ކުރަން އިއްޔެ ވަނީ ފަށައިފަ އެވެ. އެއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.