ads
ފެމެލީ ކޯޓް
ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި
ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
Advertisement

އެ ކޯޓުން ވަނީ މިމަހުގެ 17 ގައި ވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެކަމަކު އަލުން އިއުލާނުކޮށްފައިވާއިރު ފެމިލީ ކޯޓުން ބުނީ ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރަތަމަ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12 ޖަހާއިރު ހަމަވާނެެވެ. އަދި ދެވަނައަށް ހުޅުވާލި ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރު ހަމަވާނެ އެވެ.

އިއުލާނުގައިވާ ގޮތުން އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުން މަތީގެ އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެެގެން ދެ އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން، ފެމިލީ ކޯޓުގެ ގާޒީކަމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ، ދިރިއުޅުމުގެ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ، އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހީމް މާހިރު ވަނީ ހައިކޯޓުގެ ގާޒީކަމަށް މިއަދު އައްޔަންކޮށްފަ އެވެ. އަދި ޖޭއެސްސީން ވަނީ ފެމިލީ ކޯޓުގެ ހިންގުން ގާޒީ އަބްދުالله މުހައްމަދާ ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް