ކޮންސްޓަރަކްޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިޔަމިގިއްޔަށް ވަޑައިގެންނެވެ.
ތ. އުފުރިޔާ އެއަތޮޅު މަޑިފުށީގެ އިހްތިސާސްގެ ތެރޭގައި ހިމެނުއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ރަށްރަށުގެ އިހުތިސްސްގައި ނުހިމެނޭ ފަޅު ރަށްރަށް ކައުންސިލްތަކަށް ދެއްވުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއްދެއްވާކަމެކެވެ.
މިގޮތަށް ފަޅު ރަށްރަށް ދޫކުރުމުގެ ބޭނުމަކީ އިގްތިސާދީ މަސައްކަތްކޮށް، ނަފާވެރިވުމާއެކު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމެވެ.
މި ސަރުކާރުން ބުނާ ގޮތުން ކިނބިދު އާއި ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ދަށުންނެވެ. އެއީ އެލާ، ޓޫރިޒަމް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަށް ދޫކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.