ads
ތ. ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން
ތ. ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
ކޮޅުމަޑުލު ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
Advertisement

ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދިޔަމިގިލީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލު ކުރެވުނުއިރު، މިރަށު މަގުތަކުގެ ހާލަތު ގޯހެވެ. މިގޮތުން ވިއްސާރަވުމުން މަގުތައް ފެންބޮޑުވެ، ގެއްލުންތައް ވެއެވެ.

އެމްޓީސީސިއާ ހަވާލު ކުރި މި މަޝްރޫއުގެ ދަށުން އެރަށުގައި ޒަމާނީ މަގުތަކެއް ހަދާނެއެވެ. 82 މިލިއަން ރުފިޔާއަށް އެ ކުންފުންޏާއި ހަވާލު ކުރި މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 570 ދުވަހެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްގީކުރުމަށެވެ. މަގުތައް ތަރައްގީކުރާއިރު ފެންހިންދާ ނިޒާމް ގާއިމްކުރުން ފަދަ ވަސީލަތްތައް ގާއިމްކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް