ads
ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: މި ތަން އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، ޖާގަ ތަނަވަަސްކޮށް.
ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއަށް
ހއ. ދިއްދޫގައި، ހއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ހެލްތު މިނިސްޓްރީން ބުނީ 50 އެނދުނު އާ ހޮސްޕިޓަލް އިމާރާތާއި ސާވިސް ބިލްޑިން އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 185.6 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 50 އެނދުގެ ފަސް ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅާނެއެވެ. މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގާއިމްކުރާނެ އެވެ.

ޕްރޮޖްކްޓްގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ހިމެނެ އެވެ. ހެލްތް މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމުކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލު އިމާރާތަކަށް ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް