ads
މަސްވެރިން: ފޮޓޯ ކެޔޮޅު
މަސް ގަންނަ އަގު ބޮޑުކުރަން އުޅޭތީއުޅޭތީ މަސްވެރި ވިޔަފާރިތަކުން ކަންބޮޑުވެއްޖެ
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު 20ރ.އަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މި ހަފްތާ ވިދާޅުވެފައިވަނިކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މަސް ކުންފުނި މިިފްކޯއިން މަސް ގަންނަ އަގު 20.ރ އަށް ބޮޑުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކަންބޮޑުވުން އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެމްއެސްޕީއީއޭ އިން ބުނީ މަހުގެ އަގުބޮޑުކޮށްފިނަމަ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވެ، ދިވެހި މަސް ބޭރު މާކެޓްތަކަށް ގަނެވޭވަރަށް ވުރެ އަގު ބޮޑުވެ، ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ބަންގުރޫޓްވެ، އެ ކުންފުނިތަކުގެ ފެކްޓްރީތައް ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

"މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުން ފާހަގަކުރާ ގޮތުގައި، ކަނޑުމަހުގެ ގަންނަ އަގަށް ގެންނަން ހުށަހަޅާފައި މިވާ ބަދަލަކީ، ބައިނަލްއަޤްވާމީ މާކެޓްތަކަށް ދެމެހެއްޓެނިވި އުސޫލަކުން މަސް އެކްސްޕޯޓްކުރުމަށް ހުރަސްއެޅޭފަދަ މިންވަރެއްގެ ބޮޑު އަގެއް،" އެމްއެސްޕީއީއޭ އިން ބުންޏެވެ.

ސިޔާސީ މަންފާއަށް މަހުގެ އަގުބޮޑުކުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށް އެމްއެސްޕީއީއޭ އިން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގުބޮޑުކުރުމުން ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭ ކަމަށެވެ.

މަސް ކިލޯއެއްގެ އަގު 20ރ.އަށް ކަނޑައަޅައި ދާއިމީ ގޮތެއްގައި އެ އަގުގައި މަސް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ބަދަލު ގެންނާނެ ވަކި ދުވަހެއް ރައީސް ވިދާޅެއްނުވެ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުއްލިއަކަށް ގެންނަވާނެ ބަދަލެއް ނޫން ކަމަށާއި އެ ބަދަލު ގެންނަވާނީ ދެމެހެެއްޓެނިވި ގޮތެއްގައި ކަމަށެވެ. އެކަމަށް މިފްކޯއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް