ads
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރަނީ
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނު ހަވާލުކުރަން ފަށައިފި
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ރޭ ފޯނުތައް ހަވާލުކުރަން ފަށައިފި އެވެ.
Advertisement

އުރީދޫން އައިފޯނު ޕްރީ އޯޑަރަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:02 އެވެ.

އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު ވަނީ ފޯނަށް ޕްރީއޯޑަރު ދީފަ އެވެ.

ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފެށީ އުރީދޫގެ ހެޑްކުއާޓާޒްގައި ރޭ 12 ޖެހިއިރު އެވެ. އައިފޯން ހަވާލުކުރަން ބޭއްވި ހަރަކާތް އުރީދޫއިން ކުރިއަށްގެންދިޔައީ ލައިވް މިއުޒިކާ އެކު ހިތްގައިމު މާހައުލެއްގަ އެވެ.

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު ކޮންމެ އަހަރަކު ވެސް އުރީދޫން އެޕަލްގެ ފޯނުތައް ގަތުމުގެ ފުރުސަތު ހޯދައި ދެ އެވެ.

އަލަށް ނެރުނު އައިފޯން 17 ގައި އޭ19 ޕްރޯ ޗިޕަކާއެކު، 12 ޖީބީގެ ރެމެއް ހުރެ އެވެ. އައިފޯން 16 ގައި ހުރީ 8 ޖީބީގެ ރެމެކެވެ. އޭގެއިތުރުން އެ ފޯނުގައި އަމިއްލަ ވައިފައި އަދި ބްލޫޓޫތު ޗިޕެއް ވެސް ހުރެ އެވެ.

your imageއުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރަނީ

އެ ފޯނުގައި 24 މެގަޕިކްސެލް ސެންސަރެއް ހުރެ އެވެ. އޭގެ ސަބަބުން ކުރީގެ އައިފޯންތަކަށްވުރެ ސެލްފީތައް ނެގުމުގައި އައިފޯން 17 ގެ ފެންވަރު ވަރަށްބޮޑަށް ރަނގަޅުވާނެ އެވެ.

ކެމެރާއަށް ބަލާއިރު 48 މެގަޕިކްސެލް އަދި 12 މެގަޕިކްސެލްގެ ދެ ގުނަ ޒޫމްކުރެވޭ ޓެލެފޮޓޯ ކެމެރާއެއް ވެސް ހިމެނެ އެވެ.

އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.

އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް