ads
ނ. ހޮޅުދޫ
ކިޔަވައިނިމިގެން މާލެ އަންނަން އޮތް ދުވަހު ޒުވާން ޑޮކްޓަރަކު ނިޔާވެއްޖެ
ރާއްޖޭން ބޭރުން މެޑިސިން ކިޔަވައި ނިމިގެން، ރާއްޖެ އަންނަން އޮތް ދުވަހު ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، ފިލިޕީންސްގައި ނިޔާވީ މުޙައްމަދު ހުމެއިދު އަޙުމަދު، ސްވޯޑް، ނ.ހޮޅުދޫ އެވެ. އޭނާގެ އުމުރަކީ އެންމެ 30 އަހަރު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ނިޔާވީ ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު އަނބުރާ ރާއްޖެއަށް އެނބުރި އަންނަން އޮތް ދުވަހު، ފިލިޕީންސްގައެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒުވާން ޑޮކްޓަރު މާލެ އަންނަން އޮތް ފްލައިޓަށް ޗެކިން ނުކުރާކަން އެނގުމުން އާއިލާއިން އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ، އޭނާއާއެކު އުޅޭ އެހެން މީހުންނަށް ގުޅައިގެން ބެލިއިރު، އޭނާ އޮތީ ކޮޓަރީގައި ނިޔާވެފައެވެ. އޭނާ މާލެ އަންނަން އޮތީ ރޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި ޒުވާން ޑޮކްޓަރުގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ދާދި ފަހުން ދިވެހި ޒުވާނަކުވަނީ ޖަޕާނުގައިވެސް ކިޔަވައި ނިންމަން މާލެ އަންނަން ތައްޔާރުވަނިކޮށް ކުއްލި ގޮތަކަށް ނިޔާވެފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް