ads
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް- ބޮޑީ އެއާކްރާފްޓް
މޯލްޑިވިއަނުން އަންނަ އަހަރު ދެކުނު ކޮރެއާ އަށް ދަތުރުތައް ފަށަނީ
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ވެސް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
Advertisement

މޯލްޑިވިއަނުން މިހާރު ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ.

ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތްދޭ ފަރާތުން ދެކުނު ކޮރެއާ އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކުމުގެ އިތުރުން ފަސިންޖަރުގެ ރިޒަވޭޝަން ހެއްދުމުގެ ހިދުމަތް ފޯރުކޮށް ދޭން ޖެހެ އެވެ. އަދި ސޭލްސް އެޖެންޓް އެންޑް ޕާޓްނާ މެނޭޖްމަންޓް ހިދުމަތްތަކާއި މާކެޓިން، ޕްރޮމޯޝަން އަދި ޕަބްލިކް ރިލޭޝަންސްގެ ދަށުން ދޭން ޖެހޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

މޯލްޑިވިއަނުން މަސައްކަތްކުރަމުންދަނީ އެ އެއާލައިންގެ ދަތުރުތައް ދެކުނު ކޮރެއާއަށް އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށުމަށެވެ. މޯލްޑިވިއަންގެ ހިދުމަތައް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފަ އެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

މޯލްޑިވިއަނުން މިހާރު ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމުތަކަކީ އިންޑިއާ އާއި ޗައިނާ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް