ads
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފެށުން
ތިމަރަފުށީ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ފަށައިފި
ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
Advertisement

ތިމަރަފުށި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށްޓަށް ކުރެއްވި ޒިޔާރަތުގަ އެެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްގެންނެވެ.

ތިމަރަފުށީ ހޮސްޕިޓަލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ. އަދި ބިންގާ އަޅުއްވައިދެއްވީ ވެސް އެ ދެބޭފުޅުންނާއި ދާއިރާގެ މެމްބަރާއި ތިމަރަފުށީ ކައުންސިލްގެ ރައީސެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެ އެވެ. ރަށުގައި ތިބިގެން ނުވަތަ އަތޮޅުން ބޭސް ފަރުވާގެ އެންމެހާ ކަންކަން ކުރެވުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެކެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް