އުމުރުން 49 އަހަހރުގެ ފޭޒްލީން،، އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެޔަކަށް ވަދެ އިންޒާރު ދިން މައްސަލައިގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ.
އެކަމަކު ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
މިއަދު ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް 10 ގަޑިއިރުތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓަން އަންގައިފައިވާ ކަމަށެވެ. އޭނާއަށް އެ ފައިސާ ނުބެހެއްޓިއްޖެ ނަމަ 15 ދުވަހަށް ބަންދުގައި ބަހައްޓާނެ ކަމަށް ކޯޓު އަމުރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ.