ads
ވަޒީރު އާދަމް ޝަރީފް އުމަރު
ފެނަކަގެ ވައްކަމުގެ ވާހަކަ ވެސް މަޖިލީހުގެ ސަމާލުކަމަށް ގެނައިން: އާދަމް ޝަރީފް
އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމުގެ ގިނަ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް ދިނިން ކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު މަޑުއްވަރީ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނަވައިގެން ފެނަކާ އަދި ވެންޓިލޭޓަރު އެމްޑީޕީ ކުރަމުން ދިޔަ "ވައްކަމުގެ" ވާހަކަ މަޖިލީހުގެ ސަމާލުކަމަށް ގެނައި ނަމަވެސް މަޖިލީހުންވެސް އަދި އެހެން މިނިވަން މުއައްސަސާއަކުންވެސް އެކަމަށް އަޅާލާފައިނުވާ ކަމަށެވެ. 

"މި ގައުމު ސަލާމަތްކުރެވެން އޮތީ ކޮރަޕްޝަން މުލުން ލުހެލައިގެން" އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ

އެ މަނިކުފާނު އިތުރަށް ވިދާޅުވީ މިވަރުގެ ބޮޑު ވައްކަމަށް ފެނަކާގެ އެއިރު އެމްޑީ ސައީދުއަށް އެކަނި ނުކެރެވޭނެ ކަމަށާއި މި ވައްކަމުގައި އެތަށް ބަޔަކަށް ބައިއަޅާފައިވާ ކަމަށް މިހާރުވެސް ފަޅާ އަރަމުން އަންނަ ކަމުގަ އެވެ. 

ދައުލަތުގެ ޒިންމާ އަކަށް ވާންޖެހޭނީ އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މައްސަލައިގެ އެންމެ ފުނަށް ގޮސް އެކަމުގައި ޝާމިލުވާ އެންމެނަށް އިންސާފުވެރި ތަހުގީގެއް ހިންގާ ގެއްލިފައިވާ ފައިސާ އަނބުރާ ރައްޔިތުންނައް ހޯދާ ދިނުން ކަމަށް ޝަރީފް ފާހަގަ ކުރެއްވި އެވެ. 

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް އެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް