ads
ހދ. ނޮޅިވަރަމްފަރުގައި އަޅާފައިވާ ހައުސިން ޔުނިޓް ތަކެއް — ފޮޓޯ: ޒުވާން މަސްވެެރިޔާ
ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ކުޑަކުރަނީ!
ސަރުކާރުން ރަށްރަށުން އަޅަމުން އަންނަ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދަށް ބޮޑު ލުޔެއް ދޭން ނިންމައިފި އެވެ.
Advertisement

ރޭ ތ. ތިމަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން ޔުނިޓުތަކުގެ ޑައުންޕޭމަންޓް ބޮޑުކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ބުނަމުންދާ ކަމަށެވެ.

އެހެންވެ އެ ހައުސިން ޔުނިޓްތަކަށް މަހު ކުލީގެ އިތުރުން ޑައުންޕޭމަންޓް މިހާރު ކުޑަކޮށް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަހު ކުއްޔަށް ދައްކަން ޖެހޭ އަދަދު 5،000ރ. މިހާރު 3،333ރ. އަށް ކުޑަކޮށް، ޑައުންޕޭމަންޓް 20،000ރ. އިން 10،000ރ. އަށް ކުޑަކޮށް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ގްރޭސް ޕީރިއަޑް [ކުލި ދައްކަން ފަށަންޖެހޭ މުއްދަތު] ވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަކީ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ. އެކަމަށްޓަކައި ސަރުކާރުން ގެންދަނީ އެކި ރަށްތަކުގައި ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް