ހަބަރު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ހުޅުމާލޭ އޯސީސީގައި މަސައްކަތް ކުރަމުން އަންނަ އަންހެން ކޭޝިއަރަކަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީގެން ޒަހަމް ވެފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ ކަމާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެ އެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާތީ، އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ނުލިބެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.