ads
އެކްސްޕީރެންސް މޯލްޑިވްސް ލޯންޗު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޓޫރިޒަމް ކެމްޕެއިން "އެކްސްޕީރިއެންސް މޯލްޑިވްސް" ލޯންޗްކޮށްފި
ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރުމުގެ ގޮތުން "އެކްސްޕީރެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފި އެވެ.
Advertisement

މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.

ބީއެމްއެލް އިން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

your imageބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު ދިވްޔާ ޖެއިން ވިދާޅުވީ، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނާޝިޕްއާއެކު، އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް އަޅުގަނޑުމެން ދޭ ސަޕޯޓު ދަނީ އިތުރަށް ހަރުދަނާކުރަމުން ކަމަށެވެ.

އެކްސްޕީރަންސް މޯލްޑިވްސް ކެމްޕެއިން މީގެ ކުރިން ވަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ވެސް ހިންގައިފަ އެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ހިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ހިދުމަތްތައް ވެސް ފޯރުކޮށްދީފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް