ރައީސް އެކްސްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.
ނަމަވެސް، ބޮޑުވާ މިންވަރުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައި އެވެ.
މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގަ އެވެ.
އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ހިދުމަތްތަކުގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފައެވެ.
އެކަމަކު، އަދިވެސް ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުނުކުރާތީ ކަންބޮޑުވުން އެބައޮތެވެ.