ads
މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް
ރާއްޖެ އެެތެރެ ކުރުން މަނާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް އެތެރެކުރިކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށް، ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކުގައި ބޭނުންކުރާ ޗެނަލްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. މި މައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗާއި ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުން ދުންފަތު އިސްތިއުމާލު ކުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15ގަ އެވެ. 

އަދި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް