ads
ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް، ފުލުހުން މައްސަލަ ބަލަނީ
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، ފަޅު ގެއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނެއެވެ. އެގޮތުން ފުރަތަމަ ފިރިހެން ކުއްޖަކު ގޮށްމުށުން ކުއްޖާގެ ބޮލުގައި އެކި ފަހަރު މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ކުއްޖާގެ ގައިގައި ފައިން ޖަހައި، ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެޝަނާއި ރަށު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށެވެ. 

ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި އެ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް