ކޮންމެ އަހަރަކު އެލިއާއިން ބާއްވާ އެ ކޭމްޕް މި އަހަރު ބޭއްވީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާގެ މޯލްޑިވިއަން ބްލަޑް ސާވިސްގަ އެވެ.
އެލިއާއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ކޭމްޕްގައި ވެސް ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އެލިއާ އިން ބުނިގޮތުގައި ހާދިސާތަކާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އެލިއާ އިން ބުންޏެވެ.
އިޖުތިމާއީ ހިދުމަތްތަކުގައި މުޖުތަމައުން ދޭ އެއްބާރުލުމަކީ، ނޭނގި ނަމަވެސް އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއް ކަމަށް އެލިއާއިން ފާހަގަކުރެ އެވެ.