މިއީ، ހުޅުމާލޭގެ ތަރައްގީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓަރޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ
އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން)، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން)އާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަސް ކަމަށް އެ ކޯޕަރޭޝަނުން ހާމަ ކުރެ އެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދީފައި އިން ލިންކުން މި ފޯރަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.