29 ސެޕްޓެމްބަރު ވަނަ ދުވަހު ސޮއި ކުރެވުނު މި އެއްބަސް ވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
މި ރަސްމީޔާތުގައި ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
ނައިފަރު ގޮނޑުދޮށް ހިމާޔަތް ކުރަމުގެ މަސްރޫއު އެމްޓީސީސީ އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި މަސްރޫއުގެ ދަށުން ނައިފަރުގެ 44.8 ހެކްޓަރު ބިން ހިއްކުމާއި 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމުގެ އިތުރުން 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ލުން އަދި 474 މީޓަރު ބޮޑި ހިލައިގެ ގްރޮއިން ޖެހިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
630 ދުވަސް ތެރޭ ނިންމަން ހަވާލު ކުރި މި މަސްރޫއުއަށް 679031580.60 ރުފިޔާ ހަރަދު ވާނެ ކަމަށް އެ މިނިސްޓްރީން ބުނި އެވެ.