ads
މަތިވެރި އާއި ރިނބިދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި
އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.
Advertisement

މަތިވެރީގެ މިސްކިތް ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިން އާ އެވެ. އެ ރަށުގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތަކީ ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހުންނާނެ މިސްކިތެކެވެ.

ރިބުނދޫގަ މިސްކިތް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާ އެވެ. އެ ރަށުގެ މިސްކިތުގައި ވެސް ދެ ޖިންސުގެ މީހުންނަށް ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެ އެވެ

އެ ދެ މިސްކިތް ވެސް ތަރައްގީ ކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، އަވިން ހަކަތަ އުފައްދާ ނިޒާމު މެދުވެރިކޮށް ކަރަންޓު ދެވޭ ގޮތަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ބިނާކުރުމުގެ މަޝްރޫއުތައް މިހާރުވެސް ހިންގަމުންނެވެ. އެގޮތުން އަލަށް މަޝްރޫއުތައް ފެށުމާއި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް