ads
ޓިކްޓޮކް ޗެލެންޖެއް
ދިރާގުން 10000ރ.ގެ އިނާމަކާ އެކު، ޓިކްޓޮކް ޗެލެންޖެއް
ދިރާގުން 10،000 ރުފިޔާގެ އަގުހުރި އިނާމަކާއެކު ހާއްސަ ޓިކްޓޮކް ޗެލެންޖެއް ހުޅުވައިލައިފި އެވެ.
Advertisement

މިއީ، ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެއްކަން ދިރާގުން ފާހަގަކުރި އެވެ.

އަންނަ މަހު 20ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތް ކާމިޔާބުކުރާ ފަރާތް ހާމަކުރާނީ ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

ދިރާގުން ބުނީ މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓްތައް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯ އަދި ޓެގް ކުރުމަށްފަހު #DhiraaguWin2Speedboats ބޭނުންކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގުން އަންނަނީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ހުނަރު ތަރައްގީކުރުމަށް މި ފަދަ ހާއްސަ ހަރަކާތްތައް އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންދަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;