ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ސ.ހިތަދޫ، ސަންރީފް، އަލީ އަސްގަރު ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ 30 ދުވަހަށް ބަންދުކުރަން އަމަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ގައިގެ ދެ ތަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެ، ފުރަަތަަމަ ފަރުވާ ދިނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މިއަދު ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.