މިއީ ހަމައެކަނި ވަގުތީ ގޮތުން މީހާ ވަރުބަލިކޮށްލާ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތައް ލިބޭކަން މިހާރު ވަނީ ހާމަވެފަ އެވެ.
ހާވަޑް ޓީއެޗް ހާން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ވަގުތު ކެއުމާ ދުރުގައި ހުރުމަށްފަހު ހަކުރު ބޭނުންކުރުމުން ލޭގައި ހުންނަ ގްލޫކޯޒްގެ މިންވަރު އާދަޔާ ހިލާފަށް މައްޗަށް ދެއެވެ. މިއަށް ސައިންސްގެ ބަހުން ކިޔަނީ "ގްލައިސީމިކް ސްޕައިކް" އެވެ. މިގޮތަށް ކުއްލިއަކަށް ހަކުރު މައްޗަށް ދިއުމުން، އެ ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި ޕެންކްރިއަސް އިން ގިނަ އަދަދަކަށް އިންސިއުލިން އުފައްދަން ޖެހެއެވެ. މިއީ ދިގު މުއްދަތުގައި "އިންސިއުލިން ރެސިސްޓަންސް" އަށް މަގުފަހިވާ ކަމެކެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ހަކުރުގެ ސަބަބުން ހަށިގަނޑަށް ލިބޭ ހަކަތައަކީ ވަގުތީ އެއްޗެކެވެ. އެއަށްފަހު ވަރަށް އަވަހަށް ހަކުރުގެ މިންވަރު ދަށްވެ، މީހާ މާބޮޑަށް ވަރުބަލިވެ ބޯއެނބުރޭ ގޮތްވެއެވެ.
ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ރޯދަ ވީއްލާ ގަޑީގައި ފޮނި އެއްޗެހި ގިނައިން ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި ދުޅަހެޔޮކަން ކުޑަވެ، ބަރުދަން އިތުރުވުމުގެ ޕަސަންޓު މަތިވެއެވެ. ހަކުރުގެ ސަބަބުން ހަށިގަނޑުގައި "އިންފްލަމޭޝަން" ނުވަތަ ދުޅަވުން އުފެދި، އޭގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާކަން ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ސިއްހީ މާހިރުން އަންނަނީ ރޯދަ މަހު ހަކުރު މަދުކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަ މަސް ނިމޭއިރު ހަކުރު ބައްޔާއި ލޭގެ ފިއްތުން މަތިވާ މީހުންގެ އަދަދު އިތުރުވަނީ ކެއުމުގައި ހަކުރު ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުންނެވެ.
އެހެންކަމުން، ރޯދަ ވީއްލާ ގަޑީގައި ފޮނިތަކެތި ކެއުމަކީ ހަގީގަތުގައި ވެސް ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިކަމަށް ސަމާލުވެ، ދުޅަހެޔޮ ކާނާ އިހްތިޔާރު ކުރުމަކީ ރޯދަ މަހުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް އޮތް މަގެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;