އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އަކީ އެންޑީޔޫގެ ކުރީގެ ދަރިވަރުންގެ ތެރެއިން، ގައުމެއްގެ އަސްކަރިއްޔާ ނުވަތަ ސަރުކާރުގައި އެންމެ މަތީ މަގާމު އަދާކޮށްފައިވާ ބައިނަލްއަގުވާމީ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހާމިދު ޝަފީގަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެންޑީޔޫގެ ރައީސް އެޑްމިރަލް ޕީޓާ އޭ ގާވިން އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް ދޭން ފެށީ 1999 ވަނަ އަހަރު އެވެ.
އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވީ 7 ޑިސެމްބަރު 2023ގަ އެވެ.
ހާމިދު ޝަފީގަށް އެ އެވޯޑު ލިބިވަޑައިގަތީ ވޮޝިންޓަން ޑީސީގެ ލައިބްރަރީ އޮފް ކޮންގްރެސްގައި ބޭއްވި އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ރަސްމިއްޔާތުގަ އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމްބަރުންނަށް ރަސްމީކޮށް ޝަރަފު އަރުވަނީ އެންޑީޔޫ ކެމްޕަސްގައި ބާއްވާ ރަސްމީ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، މާޝަލް ހޯލްގެ ހޯލް އޮފް ފޭމް ސެކްޝަންގައި އެ ބޭފުޅުންގެ ފޮޓޯތައް ދައްކާލުމަށް ބަހައްޓާނެ އެވެ.
ހާމިދު ޝަފީގް ވަނީ 2017 އިން 2018 އަށް ނެޝަނަލް ޑިފެންސް ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރައްވައި މާސްޓާސް ހާސިލްކުރައްވައިފަ އެވެ.