ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ފަތުރުވެރިންތަކެއް
އޮގަސްޓުމަހު އެކި ސަބަބުތަކާއި ހުރެ 153 މީހަކު ރާއްޖެއަށް އެތެރެވުން ހުއްޓުވި
މި ދިޔަ އޮގަސްޓުމަހު އެކި ސަބަބުތަކާއި ހުރެ 153 މީހަކަށް ރާއްޖެއަށް އެތެރެވުން މަނާ ކުރެވިފައިވާ ކަމަށް އެ މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
Advertisement

އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި ފްލައިޓަށް އަރާ ތިއްބާ އެކި ސަބަބުތަކާއި ގުޅިގެން 73 މީހަކު ފްލައިޓުން ބާލުވަން ޖެހުން ކަމަށާއި އެކި ކަހަލަ ސަބަބުތަކާއި ގުޅިގެން 3 މީހަކު އެއާޕޯޓް ތެރެއިން ހުއްޓުވިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ 

އެ އިދާރާއިން ނެރުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި ރާއްޖެއަށް 214752 ބޭރުން އެތެރެ ވެފައިވާ އިރު 31487 ދިވެހިން ރާއްޖެއަށް އެތެރެ ވެފައިވާ ކަމުގަ އެވެ.

"އޮގަސްޓުމަސް ތެރޭގައި 221407 ބޭރު މީހުން ރާއްޖެއިން ބޭރުވެފައިވާ އިރު 15968 ދިވެހިން ރާއްޖެއިން ބޭރުވެފައިވޭ" އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާއިން އިތުރަށް ފާހަގަ ކުރި ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ޖުމްލަ 192058 ފަތުރުވެރިން ރާއްޖެ އެތެރެވެފައިވާ ކަމަށާއި އެ ގޮތުން ވެލާނާ އިންޓަނޭޝިނަލް އެއާޕޯޓު މެދުވެރިކޮށް 191456 މީހުން ރާއްޖެ އެތެރެވެފައިވާ އިރު ގަން އިންޓަނޭޝިނަލް އެއާޕޯޓް މެދުވެރިކޮށް 378 މީހުން ރާއްޖެ އެތެރެ ވެފައިވާ ކަމުގަ އެވެ. 

މީގެ އިތުރުން މާފަރު އިންޓަނޭޝިނަލް އެއާޕޯޓް މެދުވެރިކޮށް 123 މީހުން، ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށް 8 މީހުން އަދި ދ.އެއާޕޯޓް މެދުވެރިކޮށް 3 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. 

މިއަހަރު އޮގަސްޓު މަހާއި ހަމަޔަށް މިހާތަނަށް 1486960 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ނެރުން ތަފާސް ހިސާބުތަކުގައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް