ads
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖްްގެ ލައިޓްތައް ނުދިއްލޭތީ ސަމާލުވާން ފުލުހުން އެދެފި
ޓެކްނިކަލް މައްސަލައެއް ދިމާވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
Advertisement

ފުލުހުން މިރޭ ބުނީ އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކޮށްފައި ހުންނަ ޓްރެފިކް ލައިޓު ވެސް ނުދިއްލޭތީ އަދި ބައެއް ވަގުތުތަކުގައި ވާރޭ ވެހޭތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ހައްސަ ސަމާލުކަމެއް ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ލައިޓުތައް ނުދިއްލޭ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް