ads
ޕޮކެޓް ޕާކިން ޒޯނުތަކެއް
ކުލީ ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެ ޒޯންތައް އެންމެންނަށް ހުޅުވާލައިފި
މާލެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން އެންގުމާ އެކު، މިހާރު ވިއްކާފައިވާ ޕާކިން ސްލޮޓުތައް އުވާލައި އެ ތަންތަން އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
Advertisement

މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ހުރިހާ ޕާކިންތަކަކީ އާންމު ތަންތަން ކަމަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިންއެއް ކުއްޔަށް ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު 8 ގައި ވަނީ އަންގައިފަ އެވެ.

އެހެންވެ ކައުންސިލުން ކުރިން ވެސް ވަނީ މިގޮތަށް އަމަލުކުރާނެކަން އަންގައި އިއުލާނުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން, މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް ޕާކް ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން، މާލޭގެ އާންމު ޖާގަތަކުންނާއި ޕާކިން ޒޯންތަކުން ކުއްޔަށް ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. ކައުންސިލުން އަމިއްލަ މީހުންނާއި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުތަކުގެ އަދަދު 1000 ގާތްކުރެ އެވެ. ޕާކިން ކުއްޔަށް ދޫކޮށްފައި ހުރީ ޕްރައިވެޓް ކާރުތަކަށް މަހަކު 1،500ރ. އަށް އަދި ޓެކްސީތަކަށް 700ރ. އަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލަ އެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ހާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކާ ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް