ads
ދިރާގުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އިވެންޓް
ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
ދިރާގުގެ 37 ވަނަ އަހަރީ ދުވަހަށް އަމާޒުކޮށް ހާއްސަ އޮފާތަކެއް ކަސްޓަމަރުންނަށް ތައާރަފްކޮށްފި އެވެ.
Advertisement

މި އޮފާތައް އިއުލާނުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފުކުރި އޮފާތައް

  • 37 ޖީބީ ހިލޭ 24 ގަޑިއިރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިއަދު 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ.
  • ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ހާއްސަ އޮފާތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ.
  • އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
  • ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ.

މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

އެ އޮފާތަކުގެ އިތުރުން ދިރާގު ނެޓް ޕްރޮޓެކްޓް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން ހޯދައިިދޭ ހިދުމަތެކެވެ. އެ ހިދުމަތް ދިރާގު އެޕްއިން 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ދިރާގަކީ ރާއްޖޭގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް 5ޖީގެ ހިދުމަތް ދެ އެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާާ ބްރޮޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދެ އެވެ. ދިރާގުގެ ހިދުމަތް ދޭން ފެށީ 1988 ވަނަ އަހަރު އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް