ads
ލައިސެންސް ނެތް މީހުން ދުއްވުން ގިނަވެ, ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސިފައިންގެ ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައި - ފޮޓޯ/ އެމްއެންޑީއެފް
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި
ހުއްދަ ނެތް މީހުން ކަނޑު ދަތުރުފަތުރު ކުރުން އިތުރުވުމުގެ ސަބަބުން އެކިއެކި ހާދިސާތައް ހިނގާތީ, އެމްއެންޑީއެފުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
Advertisement

އެމްއެންޑީއެފުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ވަނީ ހަމަޖެހިފަ. ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ،" އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް އަންނަނީ ބަލައިފާސްކުރަމުންނެވެ. 

އެމްއެންޑީއެފް އިން މިފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ، އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ފުލުހުން ދީފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް