ads
ރައީސް މުއިއްޒާއި ޗައިނާ ސަފީރު ސަލާމް ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ޗައިނާއަށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހޯދިއްޖެ: ޗައިނާ
ދިވެހިރާއްޖޭގެ ދަރަނި ދެއްކުން ލުއިކޮށްދޭން ޗައިނާއާ އެކު ކުރަމުން އައި މަޝްވަރާތަކުން ހައްލު ތަކެއް މިހާރު ހޯދިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކަ އެވެ. މިއީ ރާއްޖޭގެ ޖުމްލަ ބޭރު ދަރަނީގެ %20 އެވެ. 

ޗައިނާގެ 76 ވަނަ ގައުމީ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭން އެ ގައުމަށް ދައްކަންޖެހޭ ދަރަނި ލުއިކޮށްދިނުމާ ގުޅޭ ގޮތުން ދެ ގައުމުން ކުރަމުން އައި މަޝްވަރާތައް މިހާރު މުޅިން ފައިނަލްވެފައިވާ ކަމަށެވެ.

އެކަމަކު، އެ ކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ސަފީރު ހިއްސާކުރައްވާފައެއް ނުވެއެވެ.

"އުފަލާ އެކު އަޅުގަނޑު އިއުލާނުކުރަން، ދަރަނި ލުއިކޮށްދިނުމާ ގުޅޭ ގޮތުން ދެ ފަރާތުން ކުރަމުން އައި މަޝްވަރާތައް މިހާރު ވަނީ އެއްކޮށް ފައިނަލްކުރެވިފައި،" ސަފީރު ވިދާޅުވި އެވެ.

ދަރަންޏަށް ލުއިގޮތްތަކަށް ހޯދުމަށް ގޮތްތަކެއް ނިމިފައިވާކަން އިއުލާން ކުރެއްވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލު ސަފީރު ހާމައެއް ނުކުރައްވަ އެވެ.

ސަރުކާރުން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވައި ސަފީރު ކޮންގް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް އިހުތިރާމު ކުރުމާ އެކު ޗައިނާ އިންް އަބަދު ވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.

your imageޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ 79 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބޭއްވި ރަސްމީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ބިނާވެފައިވަނީ އެއްބަސްވުންތަކާއި ކޮންކްރީޓު އަދި ދަގަނޑު ބިނާތަކެއްގެ މައްޗަށް ނޫން ކަމަށާއި ޒަމާންތަކަކަށް ދިގުދެމިފައިވާ ރަހުމަތްތެރި މާޒީ އާއި ތަސައްވުރެއްގެ މައްޗަށް ކަމަށެވެ.

"ދެމެހެއްޓެނިވިކަމާއި، ވިލުންތެރިކަމާއި ހަމަހަމަ ފުރުސަތު ހޯދުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެފަދަ ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކުގެ ފަހަތުގައި، ސާބިތުކަމާއެކީ ޗައިނާ އަބަދުވެސް އޮންނަކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

އަދި ކުދި ގައުމުތައް ބާކިނުވާނެފަދަ ގޮތަކަށް ދުނިޔެ ބައްޓަންކުރުމުގައި ޗައިނާއިން ކެނޑިނޭޅި ކުރާ ވަކާލާތު ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެއާ އެކު ރައީސް ވަނީ، މުސްތަގުބަލުގައި ވެސް، ސިޔާސީ، ވިޔަފާރި، ތައުލީމު ފަދަ ގިނަ ދާއިރާތަކުން ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޗައިނާގެ އެހީގައި މީގެ ކުރިން ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގާފައި ވެއެވެ. އެގޮތުން، މާލެއާއި ހުޅުމާލެ ގުޅުވައިލީ ތާރީހީ ބުރިޖަކީ ޗައިނާގެ ސަރުކާރުގެ އެހީގައި ތަރައްގީކުރި ބުރިޖެކެވެ. މީގެއިތުރުން ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާ ބޮޑު ތިން މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ސަފީރު ކޮންގް ޝިއަންހުއާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ. 

އޭގެތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެ އަދި ވިލިމާލޭގެ މަގުތައް މަރާމާތު ކުރުމާއި، ރަށު ކައުންސިލްގެ 50 އިމާރާތުގެ އަމަލީ މަސައްކަތް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް