ads
ޕާޓީ އުފެއްދުމުގެ މަރުހަލާގެ ތެރެއިން
އެމްއެސްއެލްޑީޕީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި
ޕާޓީގައި 3000 މެންބަރުން ނެތްކަމަށްބުނެ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފިއެވެ.
Advertisement

އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ.
އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެމްއެސްއެލްޑީޕީ އުވާލީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ނިންމީ، އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ މައްސަލައިގައެވެ.

އެމްއެލްއެސްޑީޕީގައި 3،000 މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން އީސީން ނިންމީ 2022 ވަނަ އަހަރުގެ މެދުތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް