ads
މޯލްޑިވްސް ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗްގައި ތަމްރީނުވާ ދަރިވަރުންތަކެއް. - ފޮޓޯ: ރައީސް އޮފީސް
އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުން ބިނާކުރާ ނެޝަނަލް ސާވިސް އިފްތިތާހުކޮށްފި
އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުން ބިނާކުރާ ނެޝަނަލް ސާވިސް އިފްތިތާހުކޮށްފި އެވެ.
Advertisement

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ދިދަ ހަވާލު ކުރައްވައިފަ އެވެ.

ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ދަރިވަރުން އެ ހިދުމަތުގެ ވައުދުވުމާއި އެ ދަރިވަރުން އެކަމުގެ އިގުރާރުވުމާއި ޓްރެއިނަރުން ވައުދު ވުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވީ ވަރަށް ޒުވާން އުމުރުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ޒުވާނުން ނިންމި ނިންމުމަކީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ފެށުމަށް އެ މަނިކުފާނު ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަ ގޮތުގައި ހާސިލުވާނީ ޒުވާނުން ބިނާ ކުރެވިގެން ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ފަށައިގަތް މި މަސައްކަތަކީ އިރާދުކުރެއްވީތީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް. މި މުނާސަބަތުގައި މި ކަމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.

your imageމޯލްޑިވްސް ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗްގައި ތަމްރީނުވާ ދަރިވަރުންތަކެއް. - ފޮޓޯ: ރައީސް އޮފީސް

ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ ޕްރޮފްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް