އެ ކުންފުނިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ރަނގަޅު އުސޫލެއް ގެންގުޅޭއިރު، ފާއިތުވި ހަތަރު އަހަރު އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25،000 ރުފިޔާ ބޯނަހުގެ ގޮތުގައި ދީފަ އެވެ.
މި އަހަރު ވެސް އެމްއޭސީއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންނަށް 25،000 ރުފިޔާ ޖަމާކޮށްދޭން ފަށައިފަ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި 4،2000އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެހެންކަމުން، 105 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޯނަސްއަށް ހޭދަ ވާނެ އެވެ.
މިދިޔަ އަހަރު އެމްއޭސީއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ.