ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި މަހާޒު (ވ) ހުންނެވިއިރު، މިނިވަން މުއައަސާތަކަށް މީހުން އައްޔަން ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ހުވާލައިދެއްވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް
ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ލިސްޓުގެ ކުރިއަށް މަހާޒު
ޓެކްސް އެޕީލް ޓްރެބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު, މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިފަހުން ވަކިކުރި މަހާޒު އަލީ ޒާހިރު ހިމެނިވަޑައިގެންފި އެވެ.
Advertisement

މިއަދު ފެށި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒުގެ ނަމެވެ. ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.

އެ ލިސްޓުގައި ދެން ހިމެނެނީ:

- އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ

- ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)

- ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ

- އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ

- ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ

މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމުން، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން ލިބިވަޑައިގެންނެވި ނަންތައް ކަމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

އެންމެ ފަހުން ޓެކްސް އެޕީލް ޓްރެބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވީ މިހާރު އުއްތަމަފަނޑިޔާރަކަށް ހުންނެވި, ޢަބްދުލްގަނީ މުހައްމަދެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު, މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

މަޖިލިހުގައި ނެގި ވޯޓަށް ފަހު، މަހާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް