ads
އެމްއެމްއޭއިން ނެރުން ޕޯސްޓަރު
އެމްއެމްއޭގެ ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް އިއުލާނުކޮށްފި
ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި ކުރުހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ މި މުބާރާތް އަމާޒުކޮށްފައިވަނީ ރާއްޖޭގޭ ހުހިރާ ސަރަހައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށް ކަމަށާއި އަދި މުބާރާތުގައި، ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމުގަ އެވެ.

އަދި ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ އައު ހިޔާލުތަކާއި އައު އިޖާދީ ވިސްނުންތައް ދެނެގަނެ އެ ދަރިވަރުންގެ ހުނަރުތައް އާއްމުންނަށް ހަމައަށް ފޯރުކޮށްދިނުމަކީވެސް މުބާރާތުގެ މަގްސަދެއް ކަމަށާއި މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

"ބައިވެރިން ވާނީ ކުރެހުމާއި، ކުލައާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ ހަމައެކަނި ނަންބަރުތަކަކާއި މުއާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމައުގެ ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭން. ކޮންމެ މަސައްކަތަކާއެކުވެސް އެ މަސައްކަތުގެ ހިޔާލާއި އިހްތިޔާރުކުރެވުނު ތީމާއި ގުޅޭގޮތުގެ ކުރު ތަފްސީލެއް ހުށަހަޅަންވާނެ" އެމްއެމްއޭއިން ބުނި އެވެ

މި ޝޯކޭހުގައި އަށް ތީމެއް ހިމެނެ ކަމަށާއި މި މުބާރާތް ބެހިގެންވަނީ ދެ ގިންތިއަކަށް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 ކަމަށް ފާހަގަ ކުރަމުން އެމްއެމްއޭއިން ބުނީ މީގެ އިތުރުން ޑިޖިޓަލް އަދި ޑިޖިޓަލް ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދެވޭނެ ކަމަށެވެ. 

މި މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެކަމަށާއި އިސްލާމީ ފައިނޭންސް އިން ދާއިރާއަށް ހާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ހާއްސަ އިނާމެއް ދެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަދި ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި، އަދި އެ އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުންކުރެވިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.

ދަރިވަރުންނަށް އެމީހުންގެ މަސައްކަތް ޑިޖިޓަލްކޮށް ނުވަތަ ފިޒިކަލްކޮށްވެސް ހުށަހެޅިދާނެ ކަމަށާއި މުބާރާތުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 ވާ ދުވަހުގެ މެންދުރު ފަހު 3:00 ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެކަމަށާއި އަދި އާރޓިފިޝަލް އިންޓަލިޖެންސް - އޭއައި މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމް ކަމުގަ އެވެ.

މި މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން އަދި ސޯޝަލް މީޑިއާގެ މަންސަތަކުން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް