އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ކެއުމަށް ދިއުމަކީ ދިވެހިންގެ އާދައެކެވެ. އެހެންކަމުން، އެފަަދަ ކެއުމަކަށް ދިއުމަށް ހުޅުމާލޭގެ ފޭސް 2 ގެ އެންމެ ރަނގަޅު އެއްތަނަކީ ޑައިނަމޭޓެވެ. ހިތްފަސޭހަ މާހައުލެއްގެ އިތުރުން ކެއުމުގެ ރަހަ ރަގަޅުވުމާއި ޖީބަށް ލުއިވުމަކީވެސް ޑައިނަމޭޓް އިހްތިޔާރު ކުރަންވީ ސަބަބުތަކުން އެ ސަބަބެވެ.
ޑައިނަމޭޓްގެ ހާއްސަ ކެއުން ތަކުގެތެރެއިން ކެއުމެއް
ޑައިނަމޭޓްގެ ގާލިކް ރައިސް ނުވަތަ ލޮނުމެދު ބަތަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކެއުމެކެވެ.
ލޮމެދު ބަތާއިއެކު ފިހުނު ކުކުޅު، ގެރި މަސް ނުވަތަ ކުރުމަހުގެ ފަރިއްކޮޅަކީ ރަހަބަލާނުލާ ދޫކޮށްނުލާވަރުގެ ކެއުމެކެވެ.
ދިވެހިންގެ މެދުގައި މަގުބޫލު ފަރުމަހުގެ ބާވަތެއްކަމަށްވާ ކުރުމަސް ނުވަތަ ވާހޫގެ ޑިޝްތައް އެންމެ ގިނައިން ލިބެންހުންނަ އެއް ރެސްޓޯރަންޓަކީ ޑައިނަމޭޓެވެ. އެގޮތުން، ފިސް އެންޑް ޗިޕްސް އާއި ގާލިކް ރައިސް އާއި ފިސް ޕިކާޓާ އާއި ޑައިނަމޭޓްގެ ހާއްސަ މަސްރިހަ ވެސް ކުރުމަހުގައި ލިބޭނެ އެވެ.
ޑައިނަމޭޓްގެ ސްޓޭފެއް ޑިސްއެއް ތައްޔާރުކުރުމުގެ ތެރެއިން
ޑައިނަމޭޓްގެ ހާއްސަ ޑިޝްތަކުގެ ތެރޭގައި ހިމެނޭ، ޕެރިޕެރީ ޗިކަން، ޗިކަން ފަހީޓާ، ހައިދަރުއާބާދީ ބިރިޔާނީ އަދި ދިވެހިންގެ މަދުގައި އާންމު ފްރައިޑް ރައިސްގެ ރަހަތަކަކީވެސް އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ރަހަތަކަކެވެ. މީގެ އިތުރުން، ޝަވަރުމާ، ބާގާ، ކަސަޑިއްލާ، ޕަނީނީ ރަހަ ބަލާލުން މުހިންމެވެ. ހުޅަނގުގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ، އަލިއޯ އަލިއޯ، ޗީޒީ ޕާސްތާ، ސްޕައިސީ ޕާސްތާ، ސްޕެގެތީ ބޮލޮނައިޒް، ޕާސްތާ އަރަބިއާތާ ފަދަ ކެއުންތައް ވަޅޯ މަހާއި ގެރިމަހާއި، ކުކުޅު މަހުގެ އިތުރުން ސީފުޑް ގައިވެސް ލިބެން ހުރެ އެވެ.
ޑައިނަމޭޓްގެ ޑްރިންކެއް
ރަހުމަތްތެރިންނާއި އާއިލާއާއެކު ކެއުމުގެ އިތުރުން ބުއިންތައްވެސް މީރުވެފައި ޖީބަށްލިއެވެ. ޑައިނަމޭޓްގެ ހާއްސަ ބުއިންތަކުގެ ތެރޭގައި، އޯރިއޯ ކްރީމް ޝޭކް، ފެރޭރޯ ހައުސް ޝޭކް، ބީޓް ރޫޓް އެންޑް ކްރީމް، ބަނާނާ ސްޕްލިޓް ގެ އިތުރުން ޒުވާނުންގެ މެދުގައި މަޝްހޫރު މޮހީޓޯ ބުއިންތައްވެސް ހިމެނެއެވެ. ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ކެއުމާއި ބުއިމުގެ އިތުރުން ހުޅަނގާއި، އޭޝިއާ އާއި އިންޑިއާ ކެއުމާއި ދިވެހިންގެ ޚާއްސަ ކެއުންތައްވެސް ޑައިނަމޭޓުން ލިބެއެވެ. ރަހައިގެ އެތަނުގެ އަގުތަކަކީ ޖީބަށްލުއި އަގުތަކެކެވެ.