ads
ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ އަދަދު އިތުރުވިޔަސް އަޒުމެއް ނުގުޑާނެ: ޗީފް ޝަމާލް
ކޮވިޑް19 އަށް ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ސިފައިންގެ އަޒުމު ނުގުޑާނެކަމަސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ތެރެއިން މިހާތަނަށް 20 މީހަކު ކޮވީޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު ސިފައިންގެ ގިނަ ފަރާތްތަކެއް ވަނީ އެކަހެރި ކޮށްފައެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ނިޔާވުމާއި ގުޅިގެން އެމީހާ ހިނެވުުގެ ކަންކަމުގައި ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ. އެކަމުގައި ހަރަކާތްތެރިވި ސިފައިންނަށް ޝުކުރުއަދާކޮށް ޗީފް ޝަމާލް ކުރެއްވި ޓްވީޓުގައި ބުނެފައިވަނި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވް ވިކަމުގައި ވީނަމަވެސް ސިފައިންގެ އަޒުމަށް ބަދަލެއް ނާންނާނެކަމަށެވެ. 

އަދި ކޮވިޑް19 އާ ދެކޮޅަށް ސިފައިން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވި އެވެ. 

ކޮވިޑް19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔުމާ ގުޅޭ ތަމްރީނުތައް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މީގެ ކުރިންވަނީ ސިފައިންނަށް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް