ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ ހަރަކާތެކެވެ.
އުރީދޫން ބުނީ މި އަހަރުގެ އެޑިޝަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަ ކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓް ކަމަށެވެ.
އުރީދޫ ފަންރަން ހުޅުމާލެ ރެޖިސްޓްރޭޝަންއަށް ހުޅުވާލަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 19 ގަ އެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެނަށް އުރީދޫން ވަނީ ދައުވަތު ދީފަ އެވެ. އެ ހަރަކާތުގައި ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެ އެވެ.
އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން ކަމަށާއި މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެކެވެ.
ކިޓްތަކާއި ރޫޓްތަކާއި މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ދުވުން ބާއްވާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރާނެ އެވެ.