ads
ޕީޖީ އޮފީސް - ފޮޓޯ: ސަން
ހިޔާނާތުގެ މައްސަލަތައް އަވަސްކުރުމަށް އިދާރާތައް ގުޅިގެން ޕީޖީން ހާއްސަ މަސައްކަތްތަކެއް
ހިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
Advertisement

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި މިރޭ ބުނީ ބޮޑެތި ހިޔާނާތުގެ ތެރޭގައި ހިމެނޭ މައްސަލަތައް އަަވަސްކުރުމަށް މަސައްކަތްކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާ އުފުލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ޕީޖީގެ ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލުމަށްފަހު އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު އެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ފޮނުވަން އޭސީީސީއަށް އަންގާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެެވެ. ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއްކަން ހާމަ ނުކުރެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިއުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ. އަދި އަދީބުގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމް ވެސް އެމްޑީޕީގެ ވެރިކަމުގެ ފަހު ދުވަސްވަރު ލުއިކޮށްދީ، އަދީބު މިނިވަންކުރި އެވެ

ފެނަކައިގެ ހިޔާނާތާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، އެ މައްސަލަތަކުގެ ތަހްގީގު އަވަސްކުރުމުށާއި، އޭސީސީން މައްސަލަތައް ތަހްގީގުކުރުމަށް އެކުލަވާލި އިރުޝާދާ އެއްގޮތަށް، ކަނޑައަޅާފައިވާ މުއްދަތުތަކުގައި މައްސަލަތަކުގެ ތަހްގީގު ފުރިހަމަކޮށް ހުށަހެޅުމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލަތަކުގައި އޭސީސީއަށް މެދުކެނޑުމެއް ނެތި އެހީތެރިކަން ލިބޭނެ ގޮތަށް ކަންކަން މަގުފަހިކުރުމަށްޓަކައި ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށްގެންދަމުންކަމަަށް ޕީޖީން ބުންޏެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހާ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް