އެމްއެފްޑީއޭ އިން ބުނީ މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންްގާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނޭ ކަމަށް ބުންޏެވެެ.
އަދި މީގެ ތެރެއިން ހުއްދައާ ކުރުމަށާއި، ރަޖިސްޓްރީކުރުމަށް ފޯމް ހުށަހަޅާފައިވާ 27 ތަނަށް ހުއްދަ ދޫކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ ހަ ސަރަހައްދަކަށް ބަހާލައިގެންނާއި، ހުޅުމާލޭގަ އެވެ.
އެމްއެފްޑީއޭ އިން ކުރިން ބުނިގޮތުގައި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ނަންތައް އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު މައްސަލަ ފާހަގަވާ ތަންތަނުގެ އަދަދުތައް ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.