މިއީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، މިހާތަނަށް ހައްޖުގެ އަދާކުރުމުގެ ފުރުސަތު ލިބިފައިނުވާ މީހުންގެ އަދަދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމެއް މިހާރު ދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން، މިދިޔަ އަހަރާއި މިއަހަރު ޖުމްލަ 100 ފަގީރަކު ވަނީ ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާފައެވެ. އެއީ ކޮންމެ އަހަރަކު 50 މީހުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން، ލިސްޓުގައި ބާކީ ތިބި 376 މީހުންވެސް ހައްޖަށް ފޮނުވާނެއެވެ.
ފަގީރުން ހައްޖަށް ފޮނުވުމުގެ އިތުރުން، އާންމުކޮށް ހައްޖަށްދާ މީހުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ވަނީ އުސޫލުތަކަށް ބަދަލުގެނެސްފައެވެ.
އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ގެންދިއުމުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އިސްކަންދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތުގެ ސަބަބުން އެހީތެރިއަކު ބޭނުންވާނަމަ، އެ ފުރުސަތުވެސް ދިނުމަށް ވަނީ ނިންމާފައެވެ.