ads
ލޫޓުވައިފި މުޒާހަރާގެ ތެރެއިން
ފުލުހުން މުޒާހަރާއަށް ހުރަސް އެޅީ ފުލުހުން ވާޖިބަށް ހުރަސް އެޅުމުން
ފުލުހުން މުޒާހަރާއަށް ހުރަސް އެޅީ ފުލުހުން ވާޖިބަށް ހުރަސް އެޅުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ހަލީލް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޕޯސްޓަކަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގެ ތެރެއިންނެވެ. 

މި ޕޯސްޓުގައި ހަލީލް ވިދާޅުވީ އެމްޑީޕީން ކުރިޔަށް ގެންދިޔަ ހިނގާލުން ކުރިޔަށް ގެންދަން އެ ޕާޓީއާއި އެކު އެއްބަސްވީ ބޮޑުތަކުރުފާނު މަގުން ނަމަވެސް ފަހުން އެ ޕާޓީން ހިނގާލުން މަޖީދީމަގުން ކުރިޔަށް ގެންދަން އުޅުމުން އެކަމަށް ފުލުހުން ހުރަސް އެޅީ އެ ޕާޓީން ވެފައިވާ އެއްބަސް ވުމާއި ހިލާފަ ވުމުން ކަމުގަ އެވެ.

މި މުޒާހަރާގެ ތެރެއިން ހިނގާލުމުގެ ބައިވެރިން ވަނީ ބެރިކޭޓްތައް ފަޅާލާ ފުލުހުންގެ ސީލްޓްތައް އަތުލުމަށް ފަހު ފުލުހުންނާއި ދިމާލަށް ގާ އަދި ފުޅި ފަދަ ތަކެއް އުކާކާފައި ކަމަށް ހަލީލް ފާހަގަ ކުރެއްވި އެވެ. 

"ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނީ މުޒާހަރާގެ ބައިވެރިން އެ ބޭފުޅުންނައް ހަމަލީދީ އެ ބޭފުޅުންގެ ވާޖިބަށް ހުރަސް އެޅުމުން." ހަލީލް ވިދާޅުވި އެވެ

ހަލީލް ފާހަގަ ކުރެއްވިގޮތުގައި މި މުޒާހަރާގެ ތެރެއިން ފުލުހުން ތަކުރާރުކޮށް އެއްވުމުގެ ބައިވެރިންނައް ފުލުހުންގެ ގާނޫނީ ވާޖިބުތަކަށް ހުރަސް ނާޅަން އެދިފައިވާ ކަމަށާއި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ އެ ބޭފުޅުންގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމުގަ އެވެ. 

ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ރޭގެ މުޒާހަރާ އާއި ގުޅިގެން ޝޯސަލް މީޑިޔާގައި ޕޯސްޓެއް ކުރައްވާފައި އެެވެ.

އެ ޕޯސްޓުގައިވާ ގޮތުން އިދިކޮޅު އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމުގަ އެވެ. 

އިހުސާން ވިދާޅުވީ އެއްވުމުގެ ބައިވެރިއަކު ޑިއުޓީގައި ހުރި ފުލުހެއްގެ ޝީލްޑެއް ގަދަކަމުން އަތުލުމުން މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. 

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.

އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާ އެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް